ރާއްޖޭގެ ޚަބަރު އާ ސަހަރާ ފުރި މީހުން ވަޅުނުލެވޭނެ ކަމަށް ބުނެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

އާ ސަހަރާ ފުރި މީހުން ވަޅުނުލެވޭނެ ކަމަށް ބުނެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

އާ ސަހަރާ ފުރި މީހުން ވަޅުނުލެވޭނެ ކަމަށް ބުނެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި މަސް ނިމުމުން އާ ސަހަރާ ފުރި އެތަނުގައި މީހުން ވަޅުނުލެވޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވެފައި ވަނީ މި މަހުގެ ނިޔަލަށް ސަހަރާ އަށް ވެލި ނޭޅިއްޖެ ނަމަ ސަންދޯއްތައް ވަޅުލާނެ ތަނަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށާއި މީހުން މަރުވަމުންދާ ރޭޓަށް ބަލާއިރު، ވަޅުލާ ތަނެއްގެ މައްސަލާގައި ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

މޭޔަރު އަލިމަނިކު އިތުރަށް ވިދާޅުވި ގޮތުގައި ސަހަރާ އަށް ވެލި އެޅުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ތިލަފުށީ ކޯޕަރޭޝަން އާކަމަށެވެ. ނަމަވެސް އެ މަސައްކަތަށް އަލި މަގެއް އަދި ފެނިފައި ނުވާކަމަށް ވެސް މޭޔަރު އަލިމަނިކު ވިދާޅުވިއެވެ.

އާސަހަރާ އެއްކޮށް ފުރިގެން މަހާނަތަކުގެ މައްޗަށް ވެލި އަޅައިގެން މީހުން ވަޅުލާން ފެށާފައި ވަނީ 2010 ވަނަ އަހަރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.