ރާއްޖޭގެ ޚަބަރު ރައީސް ވަޙީދު ބިރްޒެއިތް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

ރައީސް ވަޙީދު ބިރްޒެއިތް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

ރައީސް ވަޙީދު ބިރްޒެއިތް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ފަލަސްޠީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ ބިރްޒެއިތް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސް ވަޙީދު ބިރްޒެއިތް ޔުނިވަރސިޓީއަށް މި ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވަރސިޓީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް އެފަރާތުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށެވެ.

މީގެ އިތުރުން އިތުރަށް ހާމަކުރާ ގޮތުގައި މި ޒިޔާރަތުގައި އެ ޔުނިވަރސިޓީގައި ކިޔަވާ ބައެއް ދަރިވަރުންނާ ރައީސް ވަޙީދު ބައްދަލުކުރައްވާފައި ވަކަމަށާއި އެ މަނިކުފާނު އެ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން ޔުނިވަރސިޓީގެ ފަރާތުން ހަނދާނީ ފިލައެއް ވެސް އަރުވާފައި ވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ބިރްޒައިތް ޔުނިވަރސިޓީއަކީ، ފަލަސްޠީނުގައި އުފެއްދުނު މަތީ ތަޢުލީމު އުނގަންނައިދޭ ފުރަތަމަ ޔުނިވަރސިޓީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.