ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) މިހާރު ޑްރާފްޓް ކޮށްފައި އޮތްގޮތަށް އޭގައި ދިވެހި ސަރުކާރުން ސޮއި ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ނާޒިމް މި ހެން ވިދާޅުވީ އެ އެގްރިމަންޓާ ގުޅޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ނެވެ.
މިކަމާ ގުޅިގެން މިނިސްޓަރ ނާޒިމް އިތުރަށް ވިދާޅުވީ އެމެރިކާއިން އެ އެއްބަސްވުން މިހާރު ހުށަހަޅާފައިވާ ގޮތާ މެދު ބަންޑާރަ ނައިބުގެ އިތުރުން ރައީސް މުޙަންމަދު ވަޙީދުގެ ވެސް ކަންބޮޑުވުންތަކެއް ހުރުމާ އެކު އެ އެއްބަސްވުމުގެ ކަންތައްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
އަދި ހަމަ މިއާއެކު ސޯފާ އެގްރިމަންޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ އެގްރިމަންޓަކީ އެމެރިކާއިން ހުށަހެޅި ޑްރާފްޓް އެގްރިމަންޓް ނޫން ކަމަށާއި ސޯޝަލް މީޑިއާ އަށް އެގްރިމަންޓް ލީކް ކުރި ބަޔަކު އެއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އެއްވެސް އެގްރިމަންޓެއްގައި މިހާރުގެ ސަރުކާރުން ސޮއި ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ޑިފެންސް މިނިސްޓަރ ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހަށް ދެއްވައިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...