ރާއްޖޭގެ ޚަބަރު ގައުމަށް އަމާންކަން ގެނެސް ތަރައްޤީ ކުރެވޭނެ ލިޑަރެއް ހުރިނަމަ ވޯޓު ދެއްވާނަން: ގާސިމް

ގައުމަށް އަމާންކަން ގެނެސް ތަރައްޤީ ކުރެވޭނެ ލިޑަރެއް ހުރިނަމަ ވޯޓު ދެއްވާނަން: ގާސިމް

ގައުމަށް އަމާންކަން ގެނެސް ތަރައްޤީ ކުރެވޭނެ ލިޑަރެއް ހުރިނަމަ ވޯޓު ދެއްވާނަން: ގާސިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމަށް އަމާންކަން ގެނެސް ކުރިއަރުވާ ތަރައްޤީ ކުރެވޭވަރުގެ ލިޑަރެއް ހުރިނަމަ އެބޭފުޅަކަށް އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 ގާސިމް މިހެން ވިދާޅުވީ އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ރިޔާސީ ކެންޑިޑޭޓެއް ކަމުގައި ވީނަމަވެސް، ގައުމަށް އަމާންކަންގެނެސް ތަރައްޤީ ކޮށް ކުރިއެރުވޭނެ ފަދަ ގާބިލުކަން ހުރި އެހެން ރިޔާސީ ކެންޑިޑޭޓެއް ހުރި ނަމަ އެބޭފުޅަކަށް ވޯޓު ދެއްވާނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރައްތަކުގެ ރައްޔިތުން ތިބީ ވަރަށްވެސް ނިކަމެތި ހާލަތުގައިކަން އެމަނިކުފާނު ރާއްޖޭގެ ރައްތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ޒިޔާރަތްތަކުން އެނގިފައިވާކަމަށާއި މިގޮތުން މިހާރުން މިހާރަށް ނަރުދަމާގެ ހިދުމަތް ބޭނުންވާ ރަށްތައް ވެސް ވަރަށް ގިނަ ކަމަށައި ރައްތަކުގެ ސިއްޙީ ނިޒާމްވެސް ވަނީ ވަރަށް ދަށު ދަރަޖައިގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ހަމަ މިއާއެކު ރާއްޖޭގެ ރައްތަކަށް އެމަނިކުފާނު މިކުރެއްވި ޒިޔާރަތްތަކުގައި އެމްޑީޕީއަށް ނިސްބަތްވާ މަދު ބަޔަކު ދެތިން ރަށަކުން އެމަނިކުފާނުގެ ޓީމަށް ހުރަށްއަޅަން މަސަތްކަތް ކުރިކަމަށާއި މިފަދަ ކަންކަމަކީ ބަލާއިގަނެވޭނެ ކަންކަމެއް ނޫންކަންވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.