ރާއްޖޭގެ ޚަބަރު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާގައި ބާއްވާ 35 ވަނަ މަލިކު ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ސަރުކާރުގެ ގެޒެޓް ގައި ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 3 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް ހަމަޖެހިފައި ވާކަމަށާއި މިއިން ކޮންމެ ގޮތްޕެއްގައިވެސް ރާއްޖެ ތަމްސީލް ކުރުމަށް 1 ބައިވެރިއަކު ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރާގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ނުވުމާ އުމުރުން 25 އަހަރު ފުރިފައިނުވާ ފިރިހެނަކު ކަމުގައިވުމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުމެވެ.

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24  ޖޫން 2013 ވާ ހޯމަ ދުވަހުގެ 2.00 ގެ ކުރިން، ބައިވެރިވުން އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީ ނުވަތަ ފެކްސް ފޮނުއްވުމަށް ޤުރުއާނާ ބެހޭ މަރުކަޒުގެ އިއުލާނުގައި ބަޔާން ކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.