ރާއްޖޭގެ ޚަބަރު ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ދައުވާ އިންތިގެ މައްޗަށް ކުރަނީ

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ދައުވާ އިންތިގެ މައްޗަށް ކުރަނީ

ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ދައުވާ އިންތިގެ މައްޗަށް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ މައްޗަށް ދައުލަތުން އުފުލައިފިއެވެ.

އިންތިގެ މައްޗަށް މިދައުވާ އުފުލާފައިވަނީ މާޗް 14 ވަނަ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިހާނެތި ބަސް ބުނެ، އެ ކޯޓުގެ ހުރުމަތް ކަނޑާލާފައި ވާކަމަށް ބުނެއެވެ.

މި މައްސަލާގައި އިންތި ފުލުސް އޮފީހަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އެ ދުވަހު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އިންތި ވިދާޅުވެފައި ވަނީ އޭނާ ކޯޓުގެ ހުރުމަތް ކަނޑާލުމަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.