"އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމަ" މިނަނުގައި ޝައިޚް ޖައުފަރު ފާއިޒްގެ ދަރުސެއް މިރޭ ބޭއްވުމަށް ހަމަ ޖެހިއްޖެއެވެ.
ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ އަލީ ޝިފާހު ދިއިސްލާމަށް މަޢުލޫމާތު ދިންގޮތުގައި ދަރުސް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ މިރޭ ޢިޝާނަމާދަށްފަހު ސަލާހުއްދީން މިސްކިތުގައެވެ.
ޝިފާއު އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ މަހެއްގެ ހޯމަ އަންގާރަ އަދި ބުދަ ދުވަހުގެ ރޭ ޝައިޙް ޖައުފަރުގެ ދަރސް ބޭއްވުމަށް ހަމަގެހިފައި ވާކަމަށެވެ.
މިގޮތުން މާދަމާރޭ "އިސްލާމް ދީނުގައި މީޑިއާގެ ދައުރު" މި ނަމުގައި މާވެޔޮ މިސްކިތުގައި އަދި "އިސްލާމްދީނުގައި އަންހެނުންގެ މަޤާމް" މިނަމުގައި ބުދަދުވަހުގެ ރޭ ޠައިބާ މިސްކިތުގައި ދަރުސްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާއ ހާމަކުރެއެވެ.
މި ދަރުސްތަކުގެ އިތުރުން ޝައިޚް ޖައުފަރު ދަނީ ޤުރުއާނާއި ޙަދީޘް ކްލާސްތަކެއްވެސް ނަގައިދެއްވަމުންނެވެ. މި ދަރުސްތަކާއި ކްލާސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި މީގެކުރިން ބޭއްވި ކުލާސްތަކުގެ ސީޑީ ހޯއްދެއްވުމަށް (7755290)އަށް ގުޅުއްވުމުން އެކަން ހަމަޖެހިގެން ދާނެކަމަށް އަލީ ޝިފާހު މަޢުލޫމާތު ދިނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...