ރާއްޖޭގެ ޚަބަރު ބައިތުލް މަގުދިސް އަހަރީ ބައްދަލުވުމުގެ ޝަރަފްވެރިކޮށް ދިނުމަށް ރައީސް ވަޙީދު ފަލަސްތީނަށް ފުރާވަޑައިގެންފި

ބައިތުލް މަގުދިސް އަހަރީ ބައްދަލުވުމުގެ ޝަރަފްވެރިކޮށް ދިނުމަށް ރައީސް ވަޙީދު ފަލަސްތީނަށް ފުރާވަޑައިގެންފި

ބައިތުލް މަގުދިސް އަހަރީ ބައްދަލުވުމުގެ ޝަރަފްވެރިކޮށް ދިނުމަށް ރައީސް ވަޙީދު ފަލަސްތީނަށް ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފަލަސްތީނަށް މިއަދު ފުރާވަޑައިގެންފި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ މި ދަތުރުފުޅާ ބެހޭގޮތުން ރައިސް ވަހީދު ވިދާޅުވީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ފަލަސްޠީނުގެ ރައީސާއި ފަލަސްޠީނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމުގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުންތަކުގެ މައިގަނޑު މަޤްޞަދަކަށް ވެގެންދާނީ، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރައްވައި، ފަލަސްޠީނުން ރާއްޖެއަށް ލިބެންހުރި އެހީތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުން ކަމުގައި ރައިސް ވަޙީދު ވިދާޅުވިއެވެ.

 ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.