އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހުޅުމާލޭ ޕްރީ ސުކޫލުގައި އިއްޔެ ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ހުލިވެފައި ވާއިރު އެތަން ބޭނުންކުރެވޭ ވަރަށް މަރާމާތުކޮށް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެތަން ބޭނުން ކުރެވޭ ވަރަށް މަރާމާތުކޮށް ދިނުމަށް އެޗްޑީސީން ނިންމާފައިވާއިރު އެތަން ސާފު ކުރުމުގެ މަސައްކަތް އިއްޔެ އެޗްޑީސީން ވަނީ ފަސާފައެވެ.
ޕްރީ ސުކޫލުގައި މަރާމާތު ކޮށްދިނުމަށް އެޗްޑީސީން ނިންމާފައި ވާއިރު އެ ސްކޫލުގެ ކިޔެވުން ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލަށް ވަނީ ބަދަލުކޮށްފައެވެ.
އިއްޔެ ރޭ ފަތިހު ހިނގި މިހާދިސާގައި ޕްރީ ސްކޫލުގެ ކްލާސް ރޫމްތަކާއި އޮފީސް ބައި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...