ރާއްޖޭގެ ޚަބަރު އަދާލަތު ޕާޓީން ކުޑަކުދިންގެ ހިޔާއަށް 100،000ރ ގެ ތަކެތި ހަދިޔާކުރަނީ

އަދާލަތު ޕާޓީން ކުޑަކުދިންގެ ހިޔާއަށް 100،000ރ ގެ ތަކެތި ހަދިޔާކުރަނީ

އަދާލަތު ޕާޓީން ކުޑަކުދިންގެ ހިޔާއަށް 100،000ރ ގެ ތަކެތި ހަދިޔާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

100،000ރ ގެ ތަކެތި އަދާލަތު ޕާޓީން ކުޑަކުދިންގެ ހިޔާ އަށް ހަދިޔާކުރަން ނިންމައި އޭގެ ތެރެއިން ބައެއް ތަކެތި އިއްޔެ ހަވާލު ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ކުޑަކުދިންގެ ހިޔާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަދާލަތު ޕާޓީން ހަދިޔާކުރީ 40،000ރ ގެ ތަކެތި ކަމަށްވާއިރު އޭގެ ތެރޭގައި ބާލީހާއި ބެޑްޝީޓާއި އެ ނޫން ވެސް ޒަރޫރީ ބައެއް ސާމާނު ހިމެނެ އެވެ.

40،000ރ ގެ ތަކެތި އިއްޔެ ހަވާލު ކޮށްފައިވާއިރު އަދާލަތު ޕާޓީން ހާމަކުރާ ގޮތުގައި ބާކީ 60،000ރ. ގެ ތަކެތި ދޭން ހަމަޖައްސާފައި ވަނީ ވައުޗަރުގެ ގޮތުގަ އެވެ. އެއީ ހިޔާގައި ތިބި ކުދިންނަށް ބޭނުންވާ ހެދުމާއި އެ ނޫން ވެސް ސާމާނު ގަތުމަށެވެ.

މީގެ އިތުރުން އެ ޕާޓީން ހާމަކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ކުޑަކުދިންގެ ހިޔާގައި އޯޕީޑީ ސެޝަނެއް ބޭއްވުމަށް ހަމަޖައްސައިފައި ވާކަމަށާއި އެ ސެޝަނުގައި ކުދިންނަށް ފަރުވާ ދެއްވާނީ އާއްމު ބަލިތަކުގެ ޑޮކްޓަރެއްގެ އިތުރުން އީއެންޓީ ޑޮކްޓަރެއް ކަމަށްވާ އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.