ރާއްޖޭގެ ޚަބަރު މި ޤައުމުގައި ޤައުމީ ފިކުރު އުފެދި އާލާވެ ބޮޑުވަމުން އެބައާދެ: ޝައިޚް އިމްރާން

މި ޤައުމުގައި ޤައުމީ ފިކުރު އުފެދި އާލާވެ ބޮޑުވަމުން އެބައާދެ: ޝައިޚް އިމްރާން

މި ޤައުމުގައި ޤައުމީ ފިކުރު އުފެދި އާލާވެ ބޮޑުވަމުން އެބައާދެ: ޝައިޚް އިމްރާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މި ގައުމުގައި ޤައުމީ ފިކުރު އުފެދި އާލާވަމުން އަންނަ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު ބަދަލުވެ، ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ފިކުރަށް ވުރެ މާ ބޮޑު ފިކުރެއް އުފެދިއްޖެކަމަށެވެ.  އަދި އެއީ ގައުމީ ފިކުރުކަމަށާއި މިއަދު ރާއްޖޭގެ އެންމެ ކުރީގައި އޮތީ ގައުމީ ފިކުރުކަމަށް އިމްރާން ވިދާޅުވިއެވެ.

"މިފަހަކަށް ދިޔަ ދުވަސްތަކުގައި ،ރާއްޖޭގެ ހާލަތު ބަދަލު ވަމުން އައި ގޮތަށް ބަލައިފިއްޔާ، މި ގައުމުގައި މި ދެބޭފުޅުންގެ ( ރައީސް މައުމޫން އަދި ރައީސް ނަޝީދު) ފިކުރަށްވުރެ މާ ބޮޑު ފިކުރެއް އުފެދި އާލާވެ ބޮޑުވަމުން އެބަ އާދެ. އެއީ ޤައުމީ ފިކުރު. އަދި ރާއްޖެގައި މިއަދު އެންމެ ކުރީގައި އޮތީ ގައުމީ ފިކުރު، ގައުމީ އެއްބައިވަންތަކަމުގެ ފިކުރު، ގައުމު ތަރައްގީ ކުރުމުގެ ފިކުރު، ގައުމައިގެން ކުރިޔަށް ދިޔުމުގެ ފިކުރު" ރައީސް މައުމޫން އަދި ރައީސް ނަޝީދުގެ ފިކުރަށް ވުރެ މާ ބޮޑު ފިކުރެއް ވާކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ.

ދެ ފިކުރު އޮތްކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން އެގޮތަށް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ތާރީޚީ މަންޒަރު އެހެން ގޮތަކަށް ބަދަލުކޮށްލައި އެހެން ފުރުޞަތެއް ނުދިނުމަށްޓަކައި ކަމަށާއި އެއްވެސް އިރެއްގައި ހަމައެކަނި ދެ ފިކުރު އޮންނަ ކަމަކަށް އިމްރާން ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.

"ޢަޅުގަނޑު ފެށުނީއްސުރެވެސް ގަބޫލު ކުރާކަމެއް ނޫން އެއީ( ދެ ފިކުރު އޮންނަ ކަމަކަށް)" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު ކޯލިޝަން ނުކުންނަނީ ގައުމީ ފިކުރައިގެން، ގައުމު އެކެއްޗަކަށްހަދައި ގައުމު އެއްބައިވަންތަކުރުމަށް ކަމަށެވެ. އަދި ގައުމީ ފިކުރަކީ ވަކި މީހަކަށް ހާއްސަ ފިކުރެއް ނޫންކަމަށާއި މި ފިކުރުގެ ދަށަށް އެންމެން ޖަމާވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިއަދު ކޯލިޝަން މި ނުކުންނަނީ ގައުމީ  ފިކުރައިގެން، ގައުމު އެކައްޗަކަށް ހެދުމައިގެން ، ގައުމުގެ ރައްޔިތުން ގޮވައިގެން، އެންމެން އެއްބައިވަންތަ ކޮށްގެން.ވަކި މީހެއްގެ ފަހަތަކުން ނޫން، މިއީ ފަހަރެއްގައިވެސް ރައީސް ވަހީދުގެ ފިކުރެއްވެސް ނޫން، މިއީ އިމްރާނުގެ ފިކުރެއްވެސް ނޫން، ތަސްމީނުގެ ފިކުރެއްވެސް ނޫން، ހަސަން ސައީދުގެ ފިކުރެއްވެސް ނޫން. މިޢީ ގައުމީ ފިކުރު އެންމެން މި ފިކުރުގެ ދަށަށް ޖަމާވާނެ އިރާދަކުރެއްވިއްޔާ." ކޯލިޝަން އާ ބެހޭ ގޮތުން އިމްރާން އަބްދުﷲ ވިދާޅުވިއެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.