ރާއްޖޭގެ ޚަބަރު ޓެރަރިޒަމުން އެއްކިބާވެފައިވާ ގައުމަކަށް ހެދުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ: އޭޖީ

ޓެރަރިޒަމުން އެއްކިބާވެފައިވާ ގައުމަކަށް ހެދުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ: އޭޖީ

ޓެރަރިޒަމުން އެއްކިބާވެފައިވާ ގައުމަކަށް ހެދުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ: އޭޖީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެރަރިޒަމުން އެއްކިބާވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއިން، އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި އެކު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެޓާނީ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅޫވެއްޖެއެވެ.

ބިޝާމް މިހެން ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ފުލުހުންގެ އިސް ވެރިން ތަމްރީނުކުރުމަށް އެމެރިކާގެ ބިއުރޯ އޮފް ޑިޕްލޮމެޓިކް ސެކިއުރިޓީން ބޭއްވި ޓްރޭނިން ޕްރޮގްރާމް ނިންމުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ބިޝާމް އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ޓެރަރިޒަމްގެ ބިރު ބޮޑު ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލުތައް މަދުކުރުމަށްޓަކައި ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް އެކަނި ހަނގުރާމަ ކުރުމަކީ ރާއްޖެ ފަދަ ގައުމަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި މި ކަމުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.