ރާއްޖޭގެ ޚަބަރު ބަރަހަނާ މަންޒަރުތައް ނެގި މައްސަލަ ތަހުގީގު ކުރަން ގޮވާލަން: އިސްލާމިކް މިނިސްޓަރު

ބަރަހަނާ މަންޒަރުތައް ނެގި މައްސަލަ ތަހުގީގު ކުރަން ގޮވާލަން: އިސްލާމިކް މިނިސްޓަރު

ބަރަހަނާ މަންޒަރުތައް ނެގި މައްސަލަ ތަހުގީގު ކުރަން ގޮވާލަން: އިސްލާމިކް މިނިސްޓަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑިސްކަވަރީ ޗެނަލްއިން ރާއްޖޭގައި ބަރަހަނާ މަންޒަރުތައް ނެގި މައްސަލަ ތަހުގީގު ކުރަން އިސްލާމިކް މިނިސްޓަރު ގޮވާލައިފިއެވެ.

“ނޭކްޑް އެންޑް އެފްރެއިޑް”ގެ މަންޒަރުތައް ރާއްޖޭގައި ނަގާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓަރު ގޮވާލާފައިވަނީ ދުވަހު ނޫސް ‘ސީއެންއެމް’އަށް ދީފައިވާ އިންޓަވިއުއެއްގައެވެ. މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ “އެއީ ވަރަށް ނުރައްކާތެރި ކަމެއް. އެ ޕްރޮގުރާމު ރާއްޖޭގައި ނެގިކަން އަޅުގަނޑުމެންނަށް އެނގުނީވެސް މީޑިއާއިން. އެފަދަ ކަމެއް ކުރަން ހުއްދަ ދިނީ ކޮން ފަރާތަކުންކަން އަޅުގަނޑުމެން ބަލަން ޖެހޭ.”ކަމަށެވެ. “އަޅުގަނޑަށް ހިޔެއް ނުވޭ އެފަދަ ކަމެއް ކަން އެނގިހުރެ ހުއްދަ ދޭނެ ހެންވެސް،” ޝަހީމު ވިދާޅުވިއެވެ.

އިނގިރޭސިް ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި އޭޕްރީލް މަހު 14 ވަނަ ދުވަހު ޑިސްކަވަރީ ޗެނަލުން އަލަށް ފެށި ޕްރޮގުރާމެއްކަމަށްވާ “ނޭކްޑް އެންޑް އެފްރެއިޑް” ގެ އެޕިސޯޑަކަށް ރާއްޖޭގެ ރަށެއް ކަމަށްވާ ފުނަދޫގައި ވަނީ މަންޒަރުތައް ނަގާފައެވެ. މި މަންޒަރުތައް ނަގާފައިވަނީ ކޮން އަތޮޅެއްގެ ފުނަދޫއެއްގައި ކަމެއް ސާފެއް ނުވެއެވެ.

މި ޕްރޮގުރާމްގައި އެކްޓަރުން އޮރިޔާމުން ފަޅު ރަށަކަށް ދޫކޮށްލުމުން 60 ދުވަސްވަންދެން އެހެން ބައެއްގެ އެހީތެރިކަމެއް ނެތި ހޭދަކުރަންޖެހެއެވެ. ރާއްޖޭގައި ނަގާފައިވާ މަންޒްރުތަކުގައި ހަރަކާތްތެރިވެފައިވަނީ ޓީލް ލެހާޓް ކޮއެން އާއި، ކްލޭ އެވެ. ޑިސްކަވަރީ ޗެނަލާ ހަވާލާދީ އިނގިރޭސި ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރާއްޖޭގެ އިތުރުން، ޕެނަމާ، ކޮސްޓަރިކާ، އަދި ބޯނިއޯ ގައިވެސް ވަނީ “ނޭކްޑް އެންޑް އެފަރެއިޑް” އަށް މަންޒަރުތައް ނަގައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.