އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސެއިން ހދ. ވައިކަރަދޫގައި މާދަމާ އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ ޙަވާލުކުރުމަށް އެރަށު ކައުންސިލުން ދެކޮޅު ހަދައިފިއެވެ.
ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށާއި ރައްޔިތުންގެ ހާލުބެއްލެވުމަށް ޢަދާލަތު ޕާޓީން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އެޕާޓީއިން ހދ. ވައިކަރަދޫއަށް ހުކުރުދުވަހު ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޝެއިޚް އިލްޔާސް ޙުސައިނަށް މާދަމާ ހދ.ވައިކަރަދޫގައި އިމާމްވެ ހުކުރު ކުރުމަށް ހުއްދައަށް ވައިކަރަދޫ ކައުންސިލްގައި އެދުމުން "މި ވަގުތު ވައިކަރަދޫގެ ސިޔާސީ މަސްރަހް ހުރި ގޮތުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ޝެއިޚްއަކަށް ހުކުރު ކުރުމުގެ ފުރުސަތެއް ނެތް" ކަމަށް ޖަވާބު ދީފައި ވާކަމަށް ވައިކަރަދޫ އަދާލަތު ގޮފީގެ ރައީސް އަހުމަދު ސަރީފް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ފަސް މެމްބަރުން ހިމެނޭ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަރީފް އާ ހަވާލާދީ ބީފަނަރަ.އެމްވީ އިން ހާމަކުރާގޮތުގައި އަދާލަތު ޕާޓީން ނުރަސްމީ ކޮށް ޝެއިޚް އިލްޔާސްއަށް އަންނަ ހުކުރު ދުވަހު ވައިކަރަދޫގައި އިމާމްވެ ހުކުރު ކުރުމަށް ހުއްދައަށް އެދިފައިވާ ކަމަށާއި އެކަމުގެ ޖަވާބުގެ ދީފައިވާނެކަމަށެއެވެ.
"ވައިކަރަދޫގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ގޮފިތަކުގެ މެދުގައި މަސްވަރާއަށް ދިއުމަށް ފެންނަކަމަށާއި އެފަދަ މާހައުލެއް އުފެއްދުމަށް ސިޔާސީ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުން މުހިއްމު ކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި އެފަދަ މަސްލަހަތު ނުގެއްލޭ ގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށާއި އެފަދަ މާހައުލެއް އުފެއްދިގެން ނޫނިއްޔާ އެފަދަ ފުރުސަތެއް ދެވެން ނެތް" ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ސަރީފް ވިދާޅުވިއެވެ.
ވައިކަރަދޫ އަދާލަތު ގޮތްޕަށް ދެއްވި ޖަވާބާގުޅޭގޮތުން ކައުންސިލްގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ މިވަގުތު ވައިކަރަދޫގެ މަސްރަހް ހުރިގޮތުން އެއްވެސް ސިޔާސީޕާޓީއަކަށް ނިސްބަތް ވަޑައިގަންނަވާ ވަފުދުގައި ހިމެނޭބޭފުޅުންނަށް ފުރުސަތު ދިނުމަކީ މަސްރަހުމާ ރަނގަޅު ވެދާނެ ކަމަކަށް ޔަޤީން ނުވާ ކަމަކަށް ވާތީވެ ޝެއިޚް އިލްޔާސް ޙުސައިނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ދެވެން ނެތްކަމަށެވެ. އެހެންނަމަވެސް އެފަދަ ރަނގަޅު މާހައުލެއް އުފެއްދިއްޖެނަމަ ސިޔާސީޕާޓީތަކުގެ ސެއިޙުންނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް މާދަމާ ވައިކަރަދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މާދަމާގެ ހުކުރު ނަމާދުކުރުން ޝައިޚް އިލްޔާސްއަށް ޙަވާލުކުރުމަށް ވައިކަރަދޫ ކައުންސިލުން ދެކޮޅުހަދަމުންދާތީ ގިނަ އަދަދެއްގެ މީހުން ކައުންސިލު ޢިދާރާއަށް އެއްވެ ނުރުހުން ފާޅުކުރަމުން މިހާރު އެބަދެއެވެ. ޢަދާލަތު ޕާޓީ އަދި ޕީޕިއެމަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ މީހުން ކައުންސިލު ޢިދާރާގެ ތެރޭގައި މިހާރު ނުރުހުންފާޅުކުރަމުން ދާއިރު ގިނަ ޢަދަދެއްގެ މީހުން އެ އިދާރާގެ ކުރިމަތީގައިވެސް އެއްވެފައި އެބަތިއްބެވެ. އެއްވެފައިތިބި ބައެއް މީހުން ބުނަމުންދަނީ އެއްވެސް ދީނީ ޢިލްމުވެރިޔަކު ތަފާތުނުކޮށް ހުކުރު ކުރުން ޙަވާލުކުރަން ޖެހޭނެކަމަށެވެ.
ޝައިޚް އިލްޔާސް ވައިކަރަދޫއަށް މީގެ ކުރިން ވަޑައިގަތުމުންވެސް އެމްޑީޕީގެ މެމްބަރުންވަނީ ހދ. ވައިކަރަދޫ އަށް އެރިޔަނުދީ ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައެވެ. އަދި ހަމަ އެދަތުރުގައި ރަށުގެ މަސްލަހަތަށްބަލައި އެ ރަށުގައި ދަރުސް ދެއްވުމުގެ ހުއްދަ ޝައިޚް އިލްޔާސް އަށް ދެވެން ނެތް ކަމަށްބުނެ ހދ. ވައިކަރަދޫގައި ދަރުސް ދެއްވުމުގެ ހުއްދަ ނުދީ ކައުންސިލުން ވަނީ ހިފަހައްޓާފައެވެ.

















ޚިޔާލު