ރާއްޖޭގެ ޚަބަރު ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފި

ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފި

ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ފުރުސަތު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު ދީފިއެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝާންއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ގާޒީ ފުރުސަތުދެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ ދައުލަތުން ބޭނުންވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ކަމަށެވެ. މި ފުރުސަތު ގާޒީ ވަނީ ދައުލަތަށް ދެއްވާފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ޝާންގެ ދިފާއީ ވަކީލު ވިދާޅުވީ ތަހުގީގުގައި ފުލުހުން ހޯދި ހޯދުންތަކާއި ހެކީންގެ ބަޔާންތައް ލިބިގެން ނޫނީ ދައުވާ އަށް ޖަވާބުދާރީ ނުވެވޭނެ ކަމަށެވެ.
ޝާންގެ އިތުރުން އަފްރާޝީމްގެ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް މިހާރު ފަށާފައި ވާއިރު މީގެ ކުރިން މީޑިއާ އަށް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މި މަރަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި ކުރިކަމެއް ކަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.