ހދ. ކުރިނބީ ސްކޫލްގެ 5 ވަނަ މަދަހަ މުބާރާތް ބާއްވައިފި އެވެ.
ކުރިނބީލައިވް އާ ހަވާލާދެއްވާ، ކުރިނބީ ސްކޫލުން މައުޟޫމާތު ދެއްވިގޮތުގައި މަދަހަ މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ހަރުދަނާކޮށް، ދީނީ ރޫހު އާލާ ކުރުމާއި، ވާދަވެރި މާހައުލެއްގައި އެކުދިންނަށް ލިބިފައިވާ ހުނަރު ބޭނުންކުރުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމުގައެވެ.
ޖުމްލަ 41 ދަރިވަރުންނާއެކު، މިއަދު ހެނދުނު ފެށި ކުރިނބީ ސްކޫލް މަދަހަ މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ގްރޭޑް 9ގެ ދަރިވަރު ޙަމްނާ މުޙައްމަދު އަދި، މުޅިމުބާރާތުގެ ދެވަނަ ގްރޭޑް 7ގެ ދަރިވަރު ލަމްހާ މުޙައްމަދު ހޯދާފައިވާއިރު މުޅި މުބާރާތުން 3ވަނަ ލިބިފައިވަނީ އާމިނަތު ސަރާއެވެ.
މި މުބާރާތުގައި 9 އަހަރުން ދަށުގެ އުމުރުފުރާއިން 18 ދަރިވަރުން ބައިވެރިވެފައިވާއިރު 11 އަހަރުން ދަށުގެ އުމުރުފުރާއިން 12 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި 13 އަހަރުން ދަށުގެ އުމުރުފުރާއިން 5 ދަރިވަރުން ބައިވެރިވެފައިވާއިރު 16 އަހަރުން ދަށުގެ އުމުރުފުރާއިން ބައިވެރިވެފައިވަނީ 6 ދަރިވަރުން ކަމަށް ކުރިނބީލައިވް އިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...