ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައާ ގުޅިގެން ދޮގު ހެކި ދިންކަމުގެ ދައުވާލިބޭ ކުޑަކުއްޖާގެ މައްޗަށް އަންނަ އާދިއްތަ ދުވަހު ހުކުމް އިއްވުމަށް ތާވަލްކޮށްފިއެވެ.
ތަހުގީގަށާއި ކޯޓަށް ދޮގު ހެކި ދިން ކަމަށް ބުނެ ދައުލަތުން އެ ކުއްޖާގެ މައްޗަށް ދޮގު ހެކިދިނުމުގެ ދައުވާއެއް އުފުލާފައި ވާއިރު، އެ ކުއްޖާ ވަނީ އެކަމަށް ޝަރީއަތުގައި އެއްބަސް ވެފައެވެ.
މި ކުއްޖާގެ އިތުރުން އަފްރާޝީމްގެ މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތް މިހާރު ފަށާފައި ވާއިރު މީގެ ކުރިން މީޑިއާ އަށް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ މި މަރަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި ކުރިކަމެއް ކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...