ރާއްޖޭގެ ޚަބަރު މާރަންދޫގައި ސިހުރު ހަދާތީވެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް އެރަށުގައި ހިންގައިފި

މާރަންދޫގައި ސިހުރު ހަދާތީވެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް އެރަށުގައި ހިންގައިފި

މާރަންދޫގައި ސިހުރު ހަދާތީވެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް އެރަށުގައި ހިންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިހުރު ހަދާ ކަމުގެ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ހއ. މާރަންދޫގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހާމަކުރިގޮތުގައި ކޯޓު އަމުރެއްގެ ދަށުން މާރަންދޫގެ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާ ސިހުރު ހަދަން ގެންގުޅޭ ޒާތުގެ ފޮތްތަކެއް އެ ދެ ގެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މިފަދަ އޮޕަރޭޝަނެއް މާރަންދޫގައި ފެށީ ވަރަށް ގިނައިން އެރަށުގައި ސިހުރު ހާހޫރަ ހަދާ ކަމުގެ މަޢުލޫމާތު ލިބިގެން ކަމަށެވެ. އަދި މިއީ ފުލުހުން މިފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުކަމުގައި ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.