ރަމަޟާން މަހު ޙިފްޡު ކޮށް ތަރާވީސް ކުރާނޭ ޙާފިޡުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އަދާލަތު ޕާޓީން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން ހާމަކުރި ގޮތުގައި ޙާފިޡުން ރާއްޖެ ގެނައުމާއި، އަނބުރާފޮނުވުން، އަދި އެލަވަންސް އާއި، މާލޭގައި މަޑުކުރައްވަން ޖެހޭ ވަގުތުގައި ހިގާނެ ޚަރަދާ އެކު މިކަމަށް އެދޭ ފަރާތްތަކުންގެ ކިބައިން ނެގުމަށް ހަމަޖެހިފައިވާ ޢަދަދަކީ 1400 ޔޫއެސް ޑޮލަރ ނުވަތަ -/21588 ރުފިޔާ ކަމަށެވެ.
މީގެ އިތުރުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ޖޫން 2013 ގެ ކުރިން އެކަން ލިޔުމަކުން އެ ޕާޓީގެ ނަންބަރު 3342676 އަށް ފެކްސް ކުރެއްވުމަށް އެދޭކަމަށް ވެސް އެޕާޓީން ހާމަކުރެއެވެ.
އަދާލަތު ޕާޓީން އިތުރަށް ހާމަކުރި ގޮތުގައި އެ ފާޓީގެ ފަރާތުން ގެނައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 45 ޙާފިޡުން ކަމަށާ މިޢަދަދަށް ޙާފިޡުން ގެނައުމުގައި 9 ޖޫން 2013 ގެ ކުރިން އެންމެ ފުރަތަމަ ފައިސާ ދައްކަވާ 45 ފަރާތަކަށްފަހު އިތުރަށް މިއަހަރު ފުރުޞަތު ދެވެން ނެތްކަމަށެވެ.
އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރީ އަހަރުތަކުގައިވެސް ރާއްޖޭގެ މިސްކިތް ތަކުގައި ތަރާވީސް ކުރާނޭ ޙާފިޡުން ގެނައުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...