ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ އުމުރަކީ 10 އަހަރު ކަމަށް ކަނޑައަޅައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ޤާނޫނުލް އުގޫބާތު ކޮމެޓީގައި އެދިފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިނިސްޓްރީން ކޮމެޓީގައި އެދިފަވާނީ 10 އަހަރަށް އެއުމުރު ދަށް ކުރުމަށް ނޫން ކަމަށާ ކޮމެޓީގަ އެދިފައިވާނީ ދައުވާ އުފުލަން ޖެހޭ އުމުރަކީ 14 އަހަރުކަމަށް ޤާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި ބުނެފައި ވުމުން އެއުމުރު 15 އަހަރަށް ބަދަލު ކުރުމަށް ކަމަށެވެ.
ގާނޫނުލް އުގޫބާތު ދިރާސާކުރާ ކޮމެޓީގެ މުއްގައްރިރު ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މީޑިއާގައި ވިދާޅުވެފައިވަނީ އިސްލާމީ ޝަރީއަތުގައި ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 10 އަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާދީފައިވާ ކަމަށާ ނަމަވެސް އެ ކަމުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ކޮމެޓީން މިހާރު ވިސްނަމުން އަންނަނީ އަދަބު ކަނޑައަޅާ އުމުރަކީ 12 އަހަރު ކަމަށް ހަމަޖެއްސުން ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...