"އިސްލާމް ދީނުގެ ލުއިފަސޭހަކަން" މިނަމުގައި ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ފަރާތުން ސެމިނާއެއް ބާއްވައިފިއެވެ.
މި ސެމިނާއަކީ ޤައުމީ ޔުނިވާސިޓީގެ ފަރާތުން "އިލްމީ ފޯވަހި" މިނަމުގައި ފަށާފައިވާ ސެމިނާރ ސިލްސިލާގެ ތެރެއިން ބޭއްވި ފުރަތަމަ ސެމިނާއެވެ.
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ފަރާތުން އިއްޔެ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ހުށައަޅައިދިން ސެމިނާގައި މަޢުލޫމާތު ދެއްވީ އައްޝައިޚް އާދަމް ޝަމީމް އިބްރާހިމް އާއި އައްޝައިޚް ޢަލީ ޒާހިރު އަދި އައްޝައިޚް ޙުސައިން ޢަބްދުﷲ ޞައީދެވެ.
މިސެމިނާ ތަކާއި ބެހޭގޮތުން ޤައުމީ ޔުނިވާސިޓީން ހާމަކޮށްފައިވާ ގޮތުގައި މި ސިލްސިލާގެ ކުރިއަށް ހުރި ސެމިނާތަކުގެ ތެރޭގައި، އިސްލާމީ ޝަރީއަތް، ޖާރނަލިޒަމް، އިޤްތިޞާދު. މެރިތައިމް، އިންޖިނިއަރިންގ، އީ ލާރނިމްގ، ޞިއްޙަތު އަދި ތަޢުލީމީ ދާއިރާ ހިމެނޭ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...