ޢަދާލަތުޕާޓީގެ ފަރާތުން އިންތިޒާމްކުރާ ވަރަށް ޚާއްޞަ ދަރުސެއް މިރޭ 20:45 ގައި ކާނިވާ ސްޓޭޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ”މާޒީގެ ހިތި ހަނދާން” މިމައުޟޫއަށް މިރޭ ދަރުސް ދެއްވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ އެވެ.
މިދަރުސް އަޑުއެއްސެވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ޢަދާލަތުޕާޓީގެ ފަރާތުން ދަޢުވަތު އަރުވައެވެ.
މިދަރުސް ވީޓީވީ އަދި ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް "ދިއިސްލާމް" އަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...