ވިޔަފާރީގެ ގުޅުން ބަދަހިކުރުމުށާއި އިޤުތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޤަތަރާ ދެމެދު ސޮއިކޮށްފިއެވެ.
މިކަމާ ގުޅިގެން ޤަތަރުގެ ޓްރޭޑް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ބިޒްނަސް އެންޑް ޓްރޭޑް މިނިސްޓަރެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު އަހުމަދު މުހަންމަދެވެ.
މި އެއްބަސްވުމާ ބެހޭގޮތުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއިން ހާމަކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްޓަކައި ކުރާ އިންވެސްޓްމަންޓްތަކަށް ޙާއްޞަ އިނާޔަތްތަކެއް ލިބޭނެ ކަމަށެވެ. އަދި ހަމަ މިއާއެކު ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ވިޔަފާރިއާ ގުޅޭ ދާއިރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކުރެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...