ވިޔަފާރި އިސްލާމިކް ބޭންކިންގެ ހިދުމަތުގެ "ވިންޑޯއެއް" ބީއެމްއެލްއަށް!

އިސްލާމިކް ބޭންކިންގެ ހިދުމަތުގެ "ވިންޑޯއެއް" ބީއެމްއެލްއަށް!

އިސްލާމިކް ބޭންކިންގެ ހިދުމަތުގެ "ވިންޑޯއެއް" ބީއެމްއެލްއަށް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ބެންކިންގ ގެ ޚިދުމަތަކީ ރާއްޖެގައި ވަރަށް ފަހުން ފެށި ޚިދުމަތެއްނަމަވެސް އިސްލާމިކް ބެންކިންގ ދަނީ ރާއްޖޭގައި ފުޅާވަމުންނެވެ. ބެންކް އޮފް މޯލްޑިވްސް ރާއްޖޭގައި އެތައް ޒަމާނެއްވަންދެން ޚިދުމަތް ދެމުން އައިނަމަވެސް އިސްލާމިކް ބެންކިންގ ގެ ޚިދުމަތަށް ބައެއް ފަރާތްތަކުން ދިޔައީ "ޑިމާންޑް"ކުރަމުންނެވެ. އެހެނަސް އޭރު ކަންތައް ހުރި ގޮތުން އިސްލާމިކް ބެންކިންގ އަށް ބެންކް އޮފް މޯލްޑިވްސްއިން ޝައުގުވެރިވެފައެއް ނުވެއެވެ. މޯލްޑިވްސް އިސްލާމިކް ބެންކް ރާއްޖޭގައި ފެށި އެބެންކް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބުކަމާއި އެކު ހިންގަން ފެށުމުން ބެންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ އިސްލާމިކް ބެންކިންގ އާއި ދިމާއަށް މިސްރާބު ޖަހާފައެވެ.

ބޭންކް އޮފް މޯލްޑިވްސް ގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމުގެ ހުއްދަ މިހާރު ވަނީ ދޫކޮށްފައެވެ. އެގޮތުން އިސްލާމިކް ބޭންކިންގެ ހިދުމަތުގެ "ވިންޑޯއެއް" ބީއެމްއެލްގައި ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަރަށް ފޯރީގައިކުރަމުންނެވެ. "އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބާރަށް މިހާރު ކުރަމުން އަންނަ ކަމަށް" ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.

"އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމުގެ ހުއްދަ އެ ބޭންކަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޯޑުން ދިނީ އެކަމަށް ބޭންކުން ހުށަހެޅި ބިޒްނަސް ޕްލޭން ދިރާސާ ކުރުމަށް ފަހުގައި" ކަމަށް ބެންކް އޮފް މޯލްޑިވްސްގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދު މީޑިއާއަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއިން ބުނެފައި ވަނީ އިސްލާމިކް ބޭންކިންގެ ބައެއް ހިދުމަތްތައް ދިނުމުގެ ހުއްދަ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއަށް ދޫކޮށްފައިވާ ކަމަށާ ނަމަވެސް މޯލްޑިވްސް އިސްލާމިކް ބޭންކް އިން އެ ހިދުމަތް ދޭހާ ފުޅާކޮށް އެ ހިދުމަތް ދިނުމުގެ ފުރުސަތު ބީއެމްއެލްއަށް ނުލިބޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.