ރާމައްﷲ ގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް އެމްޕީބީއޭ އަށް ފުރުސަތު ލިބިއްޖެއެވެ.
މޯލްޑިވްސް ޕަލަސްޓައިން ބުރަދަރހުޑް އެސީސިއޭޝަން (އެމްޕީބީއޭ) އިން މިއަދު ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީންގެ ވަފުދާއި އެޖަމިއްޔާއާއި ބައްދަލުވެފައިވާކަމަށާއި އެވަފުދުގައި އިސްކޮށް ހަރަކާތްތެރިވާ ފަލަސްތީނުގެ ވުޒާރަތުލް އަވްޤާފު ވައްދީނިއްޔާގެ މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް ވަނީ އެމްޕީބީއޭ އަށް އަންނަ ޖޫންމަހު ރާމައްﷲ ގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
އެމްޕީބީއޭގެ އޮފިޝަލަކު ދިއިސްލާމް އަށް ހާމަކުރި ގޮތުގައި "ރާމައްﷲ ގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިއްޖެނަމަ މިޖަމިއްޔާއިން ހާއްސަ ކަރުދާހެއް ކޮންފަރެންސްގައި ހުށައެޅުމަށް ވަނީ މަޝްވަރާ ކުރެވިފައި"ކަމަށެވެ.
ޓްރޭޑާސް ހޮޓަލުގައި އިއްޔެ އެމްޕީބީއޭ ގެ ފަރާތުން ޑރ. މަޙްމޫދު އަލްހައްބާޝް އަށް އެރުއްވި ޚާއްޞަ ފަރިއްކޮޅެއްގައި ވާހަކަދައްކަވަމުން އެބޭފުޅާ ވަނީ އެމްޕީބީއޭ އިން ކޮއްފައިވާ އަދި ކުރަމުން ގެންދަވާ ކަންތައްތަކުގެ އަގު ވަޒަން ކުރައްވާ، އަދިވެސް އިތުރަށް މަސައްކަތް ކުރެއްވުމަމަށް އެދި ވަޑައިގެންފައެވެ.
ރާމައްﷲ ގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ދެއްވާނެކަމަށްވެސް މިނިސްޓަރ ޑރ. މަޙްމޫދު އަލްހައްބާޝް ވިދާޅުވެފައިކަމަށް ޚަބަރު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...