އިސްލާމީ ޝަރީއަތުގެ މަސްދަރުތަކަށް އެއްވެސް މީހަކަށް ހަޖޫޖަހާ، ގޮތެއް ނުކިޔޭނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިއިސްލާމްއަށް ދެއްވި ބަސްދީގަތުމެއްގައި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވީ "އިސްލާމީ ޝަރީއަތުގެ މަސްދަރުތަކަށް، ހަޖޫޖަހާ އެއްވެސް މީހަކަށް ގޮތް ނުކިޔޭނެ"ކަމަށާއި "ހައްލު އޮތީ އިސްލާމީ ޝަރީއަތުން ނޫންކަމަށް ޤަބޫލު ކުރުމަކީ ﷲ ސުބްހާނަޙޫ ވަޠައާލާގެ ވަޙީބަސްފުޅު ދޮގުކުރުން."ކަމަށެވެ. މަރަށް މަރު ހިފުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ޝެއިޚް ސަމީރު ވިދާޅުވީ "މަރަށް މަރު ހިފުމުގައި ދިރުމެއް ވާކަމަށާއި އެއީ ދިރުން ނޫންކަމަށް ދެކުމަކީ ﷲގެ ވަޙީއާއި އިންކާރުކުރުން"ކަމަށެވެ. "ﷲގެ ވަޙީ ނުވާނެ ދޮގެއް. އެނޫންގޮތެއް އިންސާނާގެ ފުރާނަ ޙިމާޔަތްވާން ނޯންނާނެ."ކަމަށްވެސް ޝެއިޚް ސަމީރު ވިދާޅުވިއެވެ.
ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ "އިސްލާމީ ޝަރީއަތުގައި ސާބިތުވެފައިވާ ހުރިހާ އަދަބުތައް ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި އެއްވެސް އިސްތިސްނާއެއް ނެތި ހިމެންޖެހޭނެ" އަދި "ޝަރީއަތަށް ފުށުއަރާ އެއްވެސް މާއްދާއެއް ޤާނޫނުގައި އޮވެގެން ނުވާނެ"ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމީ ޝަރީއަތުގައި ހިމެނޭ އަތް ކެނޑުމާއި މަރުގެ އަދަބު ދިނުމާއި ރަޖަމް ކުރުން ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ހިމަނާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެފަރާތްތަކުން ދަނީ ދުނިޔޭގެ ބާރުތައް ބޭނުންކޮށްގެން ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...