ޒަޔަނިސްޓު ޔަހޫދީ ޑޮކްޓަރުން ފަރުވާދިންކަމަށް ބުނާ މީހެއްގެ ލޯ އަނދިރިވެއްޖެކަމަށް ހަބަރު ލިބިއްޖެއެވެ.
މުއުތަބަރު ފަރާތަކުން ދިއިސްލާމްއަށް ޔަގީން ކުރެވިފައިވާގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ކައިރިއަށް މިމީހާ އައިކަމަށާއި އައިސް މިވާހަކަ ކިޔައިދީފައިވާކަމަށެވެ. ހަބަރު ލިބޭގޮތުގައި މިމީހާ އަކީ ލޯފުސްވާތީ އިޒްރޭލު ޑޮކްޓަރަށް ދައްކާފައިވާ މީހެއްކަމަށާއި މީނާގެ ލޮލަށް އެޑޮކްޓަރުން ބޭހެއް އަޅާފައި ފޮނުވާލީ ކަމަށެވެ. އޭގެ ފަހުން 'ފަރުވާ' ކުރި ލޮލުގެ ފެނުން ގެއްލި އަނދިރި ވީކަމަށް ޑޮކްޓަރު ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ. ފަހުގެ ހަބަރު ބުނާގޮތުގައި މިއަންހެން މީހާ މިހާރު ލަންކާއަށް ފޮނުވާލާފިކަމަށް ހަބަރު ލިބެއެވެ.
ޔަހޫދީ ޑޮކްޓަރުން ރާއްޖެއައިސް އޮޕަރޭޝަން ކުރުމަށް މެޑިކަލް ކައުންސިލުން ހުއްދަދީފައިވަނި ތިން ފަހަރެއްގެ މަތިން ޑޮކްޓަރުންގެ ލިޔެކިޔުންތައް ހުށައެޅުމަށްފަހުގައެވެ. ބައެއް ފަރާތްތަކުން އެމީހުންނަކީ 'ކޮލިފައިޑް' ޑޮކްޓަރުން ނޫންކަމަށް ދިޔައީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...