ރާއްޖޭގެ ޚަބަރު ގާނޫނަށްވުރެން މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެ: ރިޔާޒް

ގާނޫނަށްވުރެން މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެ: ރިޔާޒް

ގާނޫނަށްވުރެން މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެ: ރިޔާޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގާނޫނަށްވުރެން މަތީގައި އެއްވެސް މީހަކަށް ނޫޅެވޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އިއްޔެ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރިޔާޒް ވިދާޅުވީ "ގާނޫނަށް ވުރެން މަތީގައި އެއްވެސް ބަޔަކަށް އުޅުމުގެ ފުރުސަތެއް ނެތް."ކަމަށާއި "ގޭންގް، ގްރޫޕް ހަދައިގެން މަގުމަތީގައި އުޅޭ މީހުންކން ފެނިއްޖެއްޔާ ހަމަ ހުއްޓުވާ، ބަލާ ފާސްކޮށް އެމީހެއް ނަމާއި އެޑްރެސް އޭނާގެ އައިޑެންޓިޓީ ހޯދާ ބަލައި ފާސްކޮށް ހެދުމަށް، އެކަން ކަން ކުރެވެން ޖެހޭނެ، ފުލުހުން އެކަންކަން ކުރާނެ، ފުލުހުން ހުއްޓުވާނެ"ކަމަށެވެ. އަދި އިތުރަށްވިދާޅުވީ ޒީރޯ ޓޮލަރެންސް އޮންނާނީ، އިތުރު ފުރުސަތެއް ނުދޭނެކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރިޔާޒް އިތުރަށް ވިދާޅުވީ "ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އެކިއެކި ބޭފުޅުންނަށް ދޭ ހަމަލާތަކާއި، އާންމު ރައްޔިތުންނަށް ދޭ ކޮންމެ ހަމަލާއަކީ މިފަސްގަނޑުގެ ކޮންމެ ދަރިއަކަށް ދޭ ހަމަލާއެއްކަމަށާއި، އެފަދަ ހަރަކާތްތައް ހިންގާފަރާތްތައް ހޯދާ އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ދިވެހި ފުލުހުން ފަސްނުޖެހޭނެ"ކަނަށެވެ.

"މިކަންކަން ހުއްޓުވުމަށް ފުލުހުން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި އެގޮތުން މިކަންކަން ކުރާ މީހުންނާއި މިކަންކަން ކުރުމަށް ހިތްވަރުދޭ ފަރާތްތަކާއި ދޭތެރޭގައި ވެސް ފިޔަވަޅު އަޅާނެ" ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.