ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މެދުކެނޑުމެއްނެތި އެއް ދުވަހުގެ ހިނގާލުމެއް ބޭއްވުމަށް އަންނަ އޭޕްރީލް މަހުގެ 19 އަދި 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތާ ގުޅޭގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ސްޓިއަރިން ކޮމެޓީން ބުނިގޮތުގައި "ޑިސްއެބިލިޓީ ވޯކް"ގެ ނަމުގައި ކުރިއަށް ގެންދާ މި ހިނގާލުމު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމަޢުގެ ބައެއްކަން ދެނެގަނެ އެ ކަމުގެ އިހްސާސް އެ މީހުންނަށް ކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.
ސްޓިއަރިން ކޮމެޓީން އިތުރަށް ހާމަކުރި ގޮތުގައި މިހަރަކާތުގައި ގިނަ ޖަމިއްޔާތަކަކާއި ސަރުކާރު އޮފީސްތަކުން ބައިވެރިވާނެ ކަމަށާއި މި ހިނގާލުން ކުރިއަށް ދާނީ 19 ވަނަ ދުވަހުގެ ހަވީރު 04:30 ން 20 ވަނަ ދުވަހުގެ ހަވީރު 04:30 އަށް ކަމަށެވެ. އަދި މާލޭގެ ބޭރު މަގުގައި މެދު ނުކެނޑި ބާއްވާ މި ހިނގާލުން ކުރިއަށް ގެންދަނީ ބައިބަޔަށް ބަހާލައިގެން، ގަޑި އިރަކު އޮފީހެއް ނުވަތަ ޖަމިއްޔާއެއް ބައިވެރިވާ ގޮތަށް ކަމަށް ވެސް އެ ސްޓިއަރިން ކޮމެޓީއިން ހާމަކުރެއެވެ.
މީގެ އިތުރުން މި ހިނގާލުމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފަ ވާކަމަށް ސްޓިއަރިން ކޮމެޓީން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...