ރާއްޖޭގެ ޚަބަރު ޤާނޫނުލް އުޤޫބާތުގެ ބިލަށް ހުށަހެޅި އިސްލާހުގެ ތެރެއިން ބަލައިގަތީ އެންމެ އިސްލާހެއް

ޤާނޫނުލް އުޤޫބާތުގެ ބިލަށް ހުށަހެޅި އިސްލާހުގެ ތެރެއިން ބަލައިގަތީ އެންމެ އިސްލާހެއް

ޤާނޫނުލް އުޤޫބާތުގެ ބިލަށް ހުށަހެޅި އިސްލާހުގެ ތެރެއިން ބަލައިގަތީ އެންމެ އިސްލާހެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޤާނޫނުލް އުޤޫބާތުގެ ބިލަށް ފިޤުހު އެކަޑަމީ އާއި އަދާލަތު ޕާޓީން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ އިސްލާހެއް ބަލައިގަތުމަށް މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.

ފިޤުހު އެކަޑަމީ އަދި އަދާލަތު ޕާޓީން ހުށަހެޅި އިސްލާހު ތަކުގެ ތެރެއިން ކޮމެޓީން ބަލައިގެންފައި ވަނީ ޤާނޫނުލް އުޤޫބާތުގައި "ބިރުދައްކައިގެން ވައްކަން ކުރުން" މި ނަމުގައި ލިޔެފައިވާ ސުރިހީ "ބިރުދައްކައިގެން ފޭރުން" އެ ނަމަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ޤާނޫނުލް އުގޫބާތުގެ ބިލް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ ހުށަހަޅާފައިވާ އިސްލާހުތަކަކީ ބައެއް މާއްދާތައް އުވާލުމަށާއި ލަފްޒީ ބަދަލު ގެންނަން ހުށައަޅާފައިވާ އިސްލާހުތަކެއް ކަމަށްވާތީ އެއީ ގާނޫނީ ގޮތުން މާ ބޮޑު ބުރަދަނެއް ހުރި އިސްލާހުތަކެއް ކަމަށް ނުފެންނާތީ އެ އިސްލާހުތައް ކޮމެޓީން ގަބޫލުނުކުރާ ކަމަށެވެ.

ހުށައެޅި އިސްލާހުތަކުގައި ބިލުގެ ބައެއް މާއްދާތައް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ލިޔެފައިވާ ކަމަށާއި އަދި ކުށުގެ ބައެއް އަދަބުތައް ލުއިކޮށްފައިވާކަން ފިޤުހު އެކަޑަމީ އާއި އަދާލަތު ޕާޓީން އިންވެސް ފާހަގަ ކޮށްފައިވެއެވެ. އެހެން ނަމަވެސް ޤާނޫނުލް އުޤޫބާތުގެ ބިލް ދިރާސާ ކުރައްވަމުން ގެންދަވާ 6 މެންބަރުންގެ އިއްތިފާގުން ނިންމަވާފައި ވަނީ އެ އިސްލާހުތައް ބިލަށް ގެނައުމަށް ނުފެންނަ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.