މި އަހަރު ރާއްޖެ އިން މީހުން ޙައްޖަށް ގެންދިއުމަށް އެދި 17 ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވެފައިވަނީ ޙައްޖަށް މީހުން ގެންދިއުމަށް އެދި 17 ކުންފުންޏަކުން ކުރިމަތިލާފައި ވާކަމަށާއި ނަމަވެސް ދެ ކުންފުންޏެއްގެ ޝަރުތު ހަމަނުވެގެން އެ ދެފަރާތް ކެންސަލްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކުންފުނީގެ ގޮތުގައި ރަޖިސްޓްރީކޮށް ޙައްޖަށް ގެންދިއުމަށް މި އަހަރު ވެސް ކުރިމަތިލާފައި ވަނީ ރާއްޖެ އިން، މީހުން ޙައްޖަށް ގެންދާ ގްރޫޕްތަކުން ކަމަށާ އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ ތެރޭގައި ހުއްދަ ދޭނެ ފަރާތްތަށް ކަނޑައެޅިގެން ދާނެކަމަށްވެސް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
17 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ކުންފުންޏަކަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...