މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒްގެ އެދިލެއްވުމުގެ މަތީން 9 ރެށެއްގެ މިސްކިތް އިމާރާތް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިން ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މި ނުވަ މިސްކިތުގެ ތެރެއިން 7 ރެށެއްގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ. އަދި މި 9 މިސްކުތުގެ ތެރެއިން 2 ދެ ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ 2 މިސްކިތަކީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒްގެ މިސްކިތް ފަންޑުން ޚަރަދު ކޮށްގެން އެޅުމަށް ހަމަޖެހިފައިވާ 2 މިސްކިތެވެ.
ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ށ. ފީވަކު މިސްކިތް، ލ. މާވަށު މިސްކިތް، ނ. ޅޮހީ މިސްކިތް، ހދ. ނޭކުރެންދޫ މިސްކިތް، ރ. އަނގޮޅިތީމު މިސްކިތް، ރ. އިންނަމާދޫ މިސްކިތް އަދި ނ. މާޅެންދޫ މިސްކިތެވެ. އަދި މިސްކިތް ފަންޑުން ޚަރަދު ކޮށްގެން މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތ. ގާދިއްފުށި މިސްކިތާއި ކުނަހަންދޫ މިސްކިތް ކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...