"މައިން ބަފައިންނަށް ހެޔޮކޮށް ހިތުން" މި ނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޢިލްމީ ފޯރަމެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ފޯރަމްގައި ވާހަކަފުޅު ދައްކަވާގޮތައް ހަމަޖެހިފައި ވަނީ އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.
މިރޭ 20:50 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްއަށް ވީހަވެސް ގިނަ ބަޔަކު ވަޑައިގެން ދެއްވުމަކީ އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...