ލޯފަން ކުދިންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖުގައި ބޭސިކް ކޮމްޕިޔުޓާ ޓްރެއިނިން ކޯހެއް ފަށައިފިއެވެ.
ދި އިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކޯހަކީ ވިލާ ކޮލެޖާއި ބްލައިންޑް އެސޯސިއޭޝަނާ ގުޅިގެން ބޭސިކް ކޮންޕިއުޓަރ ދަސްކޮށްފިނުމަށް ކުދިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި ކުރިއަށް ގެންދާ ކޯހެކެވެ.
މިކޯހާ ބެހޭގޮތުން ވިލާ ކޮލެޖުން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގެ ފުރަތަމަ ބުރުގައި 24 ކުދިން ބައިވެރިވެފައިވާ ކަމަށާއި މި ކޯހުގައި ކޮމްޕިޔުޓަރުން ޓައިޕްކުރުން ފަދަ ބޭސިކް ކަންތައްތައް އެ ކުދިންނަށް ދަސްކޮށްދޭނެ ކަމަށެވެ.
މިކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ލޯހަންކުދިންނަށް ކޮންޕިއުޓަރ ދަސްކޮށް ދިނުމަށް ތައްޔާރު ކޮށްފައިވާ ޚާއްޞަ ސޮޕްޓްވެއަރ އެއް ބޭނުންކޮށްގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...