ލަންކާގައި ދިރިއުޅެމުން އަންނަ އެހެން ގައުމުތަކުގެ މުސްލިމުން އެގައުމުން ބޭރުކުރުމަށް ޓެކްނޮލޮޖީ، ރިސާޗް އެންޑް އެޓޮމިކް އެނާޖީ މިނިސްޓަރު ޕަޓާލީ ޗަމްޕިކާ ރަނަވާކާ އެގައުމުގެ ސަރުކާރަށް ގޮވާލާފިއެވެ.
މިކަމާ ގުޅިގެން ލަންކާގެ އޮންލައިން ނޫހެއްކަމަށްވާ ލަންކާސީނިއުސްގައި ޗަމްޕިކާ ރަނަވާކާ އާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން، އެގައުމުގެ ރަތުމަލަނާ، ނުގޭގޮޑާ އަދި ދެހިވެލަ ސަރަހައްދުގައި ދިރިއުޅެމުންދާ ކަމަށާއި އަދި މި މައްސަލައަކީ ކުރިއަށް އޮތްތަނުގައި އެގައުމުގެ ސަރުކާރަށް ވަރަށް ސީރިއަސް މައްސަލައަކަށް ވެގެން ދާނޭ ކަމަށެވެ.
ޗަމްޕިކާ ރަނަވާކާ އިތުރަށް ވިދާޅުވީ ލަންކާގައި އިސްލާމް ދީނާއި، އަރަބި ބަސް ކިޔަވައި ދިނުމަށް ހަރަކާތްތެރިވާ ސައުދީ ޓީޗަރުންތައް އެގައުމުން ފޮނުވާލަން ޖެހޭކަމަށާ ސީޔާސީ ރައްކާތެރިކަމާއި ހިމާޔަތް ހޯދުމަށް ބަރުމާ އާއި ބަންގުލަދޭޝް ފަދަ ގައުމުތަކުން ވެސް ގިނަ އަދަދެއްގެ މުސްލިމުން ލަންކާއަށް އަންނަމުން ދާ ކަމަށާއި އެހެން ކަމުން އެ އެންމެންގެ ފުރިހަމަ "ބޯހިމެނުމެއް" ހެދުމަށްފަހު އެންމެން އަނބުރައި އެބައެއްގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
ލަންކާގައި ދިރިއުޅޭ މުސްލިމުން އެގައުމުން ބޭރުކުރުމަށް ގޮވާލާފައި ވާއިރު މީގެ ދުވަސްކޮށެއް ކުރިން އެގައިމުގައި ވަނީ މުސްލިމުން ކެއުމަށް ބޭނުން ކުރާ ތަކެތީގައި "ހަލާލް" ޖެހުމާއި، މުސްލިމް އަންހެނުން މޫނު ބުރުގާ އެޅުމާއި ދެކޮޅުހަދައި ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...