”އުއްމަތުގެ އާދޭސް“ ދަރުސް މުއްދަތެއް ނެތި ފަސްކޮށްފިއެވެ.
ދަރުސް އިންތިޒާމް ކުރާ 'ޖަމިއްޔަތުއް ބަޔާން' މިއަދު ހާމަކުރި ގޮތުގައި އެޖަމިއްޔާއިން އަންނަ ހުކުރު ދުވަހުގެ ރޭ 08:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މުއްދަތެއް ނެތި ފަސްކޮށްފައިވާކަމަށާއި ދަރުސް ލަސްކުރަން ޖެހުނީ ދަރުސް ދެއްވާ ޝެއިޚް އެދުވަހަށް މާލެ ނާދެވިގެން ކަމަށެވެ. ދަރުސް ލަސްކުރަންޖެހުނުކަމުގައިވިޔަސް ކައިރި މުސްތަގުބަލެއްގައި އެދަރުސް ބާއްވާނެކަމަށާއި ދަރުސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށް ޖަމިއްޔަތުއް ބަޔާން އިން ހާމަކުރެއެވެ.
ޖަމިއްޔަތުލް ބަޔާން އިން އިންތިޒާމް ކޮށްގެން ބާއްވަން ތައްޔާރުވަމުން އަންނަ ”އުއްމަތުގެ އާދޭސް” ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...