ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް އެބޭފުޅުން އަތުން ގަނެ އެ ފޮތްތައް އިސްލާމިކް މިނިސްޓްރީއިން ޗާފް ކުރާގޮތައް ނިންމައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައި ވަނީ އަޤީދާ، ފިޤްހު، ސީރަތް ފަދަ ދާއިރާތަކުން ފޮތްގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިގޮތުން މި ހަފްތާގެ ތެރޭގައި މިކަމަށް އިއުލާން ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ވެސް ވަނީ ޢިލްމުވެރިން ލައްވާ ތަފާތު ދާއިރާތަކުގެ ފޮތްތައް ތަރުޖަމާކޮށްފައެވެ. އޭގެ ތެރޭގައި ރިޔާޟުއް ޞާލިޙީން ފަދަ ފޮތްތައް ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...