ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 8 ކުންފުންޏަށް ދޭން ނިންމައި ކުރިމަތިލުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ކަނޑައަޅާފައި ވަނީ 874 މީހުންގެ ކޯޓާ ކަމަށާއި މި ކޯޓާ ޝަރުތު ހަމަވާ ގްރޫޕްތަކުގެ މެދުގައި ބަހާނެ ކަމަށެވެ.
މީގެ އިތުރުން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އަންނަ ހޯމަ ދުވަހު މައުލޫމާތު ދޭ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ހަމަޖައްސައިފައި ވާއިރު ހައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 އާ ހަމައަށް ހުޅުވާލައިފައި ވާކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...