ދަރުސް ޚަބަރު އިސްލާމީ ޝަރީއަތަކީ އިންސާނީ ތާރީޚުގައި އަމާންކަމާ އޮމާންކަން ތަޖުރިބާކޮށްފައިވާ ޝަރީއަތެއް: ސަމީރު

އިސްލާމީ ޝަރީއަތަކީ އިންސާނީ ތާރީޚުގައި އަމާންކަމާ އޮމާންކަން ތަޖުރިބާކޮށްފައިވާ ޝަރީއަތެއް: ސަމީރު

އިސްލާމީ ޝަރީއަތަކީ އިންސާނީ ތާރީޚުގައި އަމާންކަމާ އޮމާންކަން ތަޖުރިބާކޮށްފައިވާ ޝަރީއަތެއް: ސަމީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ޖަމްޢިއްޔަތުއްސަލަފާއި ޕީސް ފައުންޑޭޝަން ގުޅިގެން ބޭއްވި “މުޖައްރަބު” ދަރުސްގައި ވާހަކަފުޅު ދައްކަވަނީ - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

ޖަމްޢިއްޔަތުއްސަލަފާއި ޕީސް ފައުންޑޭޝަން ގުޅިގެން ބޭއްވި “މުޖައްރަބު” ދަރުސްގައި ވާހަކަފުޅު ދައްކަވަނީ - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާގު

އިސްލާމީ ޝަރީއަތަކީ އިންސާނީ ތާރީޚުގައި އޭގައި ކާމީޔާބު ކަމާއި އަމާންކަމާ އޮމާންކާމާ ތަޖުރިބާކޮށްފައިވާ ޝަރީއަތެއް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފާއި ޕީސް ފައުންޑޭޝަން ގުޅިގެން ބޭއްވި “މުޖައްރަބު” ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚް ސަމީރު އިތުރަށް ވިދާޅުވީ ﷲ ސުބުހާނަހޫ ވަތަޢާލާ ބާވާލައްވާފައިވާ ޝަރީއަތަށް ހުރިހާ މާނައެއްގައި އަޅުގަނޑުމެން އެއަށް ތަބަޢަވާންޖެހޭނެ ކަމަށާއި އޭގެ މައްޗަށް އަޅުގަނޑުމެން ހުކުމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެހުކުމްގެ މައްޗަށް އަޅުގަނޑުމެން ރުހެންޖެހޭނެ ކަމަށްވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތް ތަންފީޒް ކުރާ ޤައުމުތަކުން ފެނިގެންދަނީ އަމާން ކަމާއި އޮމާންކަން އަދި ފާގަތިކަން ކަމަށާއި ނަމަވެސް އަމިއްލަ ވަޟުޢީ ޤާނޫނުތައް ތަންފީޒު ކުރަމުންދާ ޤައުމުތަކުގައި އަޅުގަނޑުމެންނަށް ފެންނަން ހުރީ އޭގެ ނުބައިވަހާހުރެ ނޭފަތުގައި އަންއަޅައިގެން އުޅެންޖެހޭ މުޖުތަމަޢުއެއް ކަންވެސް ޝައިޚް ސަމީރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.