
ދަރުމަވަންތަ މިސްކިތުގެ ސައުންޑް ސިސްޓަމް ބަހައްޓާފައި ހުރި ކަބަޑު ފަޅާލައިފައި | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް
މާލޭގައި ހުންނަ ދަރުމަވަންތަ މިސްކިތަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފި އެވެ. މިގޮތުން މިސްކިތުގެ ސައުންޑް ސިސްޓަމް ކަބަޑު ފަޅާލާ ސިސްޓަމް ވަގަށް ނަގާފައިވާއިރު މައިކް ސްޓޭންޑް އަދި މުސައްލަތައް އުކާލާ އަދި މިސްކިތުގެ ފަންކާ ތަކަށް ވަނީ ގެއްލުން ދީފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ދިއިސްލާމް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ދަރުމަވަންތަ މިސްކިތަށް ބަޔަކު ގެއްލުންދީފައިވާކަމުގެ ރިޕޯޓް، ރޭ ފަތިހު ފަހެއް ޖެހިއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި ދަރުމަވަންތަ މިސްކިތުގެ ސައުންޑް އާއި ސްޕީކަރާއި މައިކް ވަގަށް ނަގާ އަދި މިސްކިތުގެ މުސައްލަތަކާއި މައިކް ސްޓޭންޑް އުކާލާފައިވާ ކަމަށެވެ.
ފަތިސް ނަމާދަށް އެ މިސްކިތަށް ދިޔަ މީހަކު ބުނީ އޭނާ ފަތިހު މިސްކިތަށް ދިޔައިރު މިސްކިތުގެ ފަންކާތަކަށް ގެއްލުންދީ، ސައުންޑް ސިސްޓަމް ބަހައްޓާފައިވާ ކަބަޑު ފަޅާލާ އެ ސިސްޓަމް ވަގަށް ނަގާފައިވާކަމަަށެވެ. އަދި ކަބަޑުގެ ފަހަތު ފިލާ އެއްކޮށް ފަޅާލާފައި ހުރިތަން ފެނުނުކަމަށް އޭނާ ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...