ރާއްޖޭގެ ޚަބަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކޮށްފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
 ފޮޓޯ: ސިމާޒު އަލީ

ފޮޓޯ: ސިމާޒު އަލީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކެނެރީގޭގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން މިއަދު 1:35 އެހާކަންހާއިރު ދޫނިދޫއަށް ގެންގޮސްފައި ވާކަމަށެވެ.

ރައިސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލޭ ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅިގެން މާދަމާ ހަވީރު 16:00 ގައި އޮންނަ ޝަރީޢަތުގެ މަޖްލީހަށް ނަޝީދު ހާޟިރުކޮށް ދިނުމަށް އެދި ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ސަންއޮންލައިންގެ ނޫސްވެރިޔަކަށް ގ. ކެނެރީގޭ ހުންނަ މަގުން ބަޔަކު ހަމަލަދީ މާރާމާރީ ހިންގައި އޭނާގެ ގަމީސް ވީދާލައި ފޯނު ފޭރިގެންފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިކަން ސަންއޮންލައިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މީގެ އިތުރުން ވީޓީވީ ކެމެރާމަނަކަށް ހަމަލާދީ މާރާމާރީ ހިންގައި އޭނާގެ އަތުގައި އޮތް ކެމެރާއަށް ގެއްލުންދީ ކެމެރާގައި އޮތް ޓޭޕް ބަޔަކު މީހުން އަތުލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ރައީސް ނަޝީދަށް ކޯޓު އަމުރެއް ނުދައްކާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ކެނެރީގެއަށް ފުލުހުން ގޮސް، ކޯޓުގެ އެ އަމުރު ނަޝީދަށް ހަވާލުކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އަމުރާ ނަޝީދު ހަވާލުވެވަޑައިނުގަތުމުން، އޭގައި އޮތް އެއްޗެއް ނަޝީދަށް ފުލުހުން ކިޔާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ނަޝީދު ހައްޔަރުކުރީ ވެސް ހައްޔަރުކުރަން އުޅޭ ވާހަކަ އެގެެއަށް ދިޔަ ފުލުހުން ނަޝީދުގެ އަރިހުގައި ބުނުމަށްފަހު ކަމަށް ވެސް ހަނީފު ވިދާޅުވެފައިވެއެވެ.

(އިތުރު ތަފްސީލް އަންނަނީ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.