ރާއްޖޭގެ ޚަބަރު ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމުގެ މުއްދަތު މާޗް 7 އަވަސް ކޮށްފި

ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމުގެ މުއްދަތު މާޗް 7 އަވަސް ކޮށްފި

ޤާނޫނުލް އުޤޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމުގެ މުއްދަތު މާޗް 7 އަވަސް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤު

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤު

މަޖިލީހުން ދިރާސާކޮށް ޢާއްމުންގެ ޚިޔާލު ހުށައެޅުމަށް ޢާއްމުކޮށްފައިވާ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު 7 މާޗް 2013 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް އަވަސް ކޮށްފިއެވެ.

ރައްޔިތުން މަޖިލިހުން ބުނީ، ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހެޅުއްވުމުގެ މުއްދަތު އަވަސްކޮށްފައި މިވަނީ މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް އެކިފަރާތްތަކުން އެދެމުން ދާތީކަމަށެވެ.

މިބިލުގެ ދެލިކޮޕީއާމެދު ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މާރޗް މަހުގެ 7 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެބިލުގެ މަސައްކަތް ކުރައްވާ ކޮމިޓީން އެދިފައިވެއެވެ.

މީގެ 7 އަހަރު ކުރިން ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤާނޫނުލް އުޤާބާތުގެ ބިލް ދިރާސާ ކުރުމަށް ފަހު މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ބިލުގައި މަރުގެ އަދަބު ލުއިކުރާނެ އުސޫލުތަކާއި އެންމެ ދިގު މުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރެވޭނީ 11 އަހަރު ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން އެ ބިލުގައި މަރުގެ އަދަބާ ބެހޭ ގޮތުން ބުނެފައި ވަނީ އެނގި ހުރެ، މީހަކު މަރައިފި މީހާ އެ ކުރަނީ ކުށެއް ކަމަށާ އަދި ފަރުވާލެއް ނެތި ކުރާ އަމަލަކުން މީހަކު މަރުވުމަކީ ޖިނާއަތުގެ ސުން (0) ދަރަޖައިގެ ކުށެއް ކަމަށެވެ.
އެހެން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުން އުގޫބާތުގައި މަރުގެ އަބަދު ނުދޭ ނަމަ، ޖަލު ހުކުމަކަށް ކަނޑައަޅާފައި ވަނީ 25 އަހަރަށް ޖަލަށް ލުމަށެވެ.

މިބިލުގެ ދެލިކޮޕީ ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފެނިވަޑައިގަންނަވާނޭހެން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.