ކެޕިޓަލް މާކެޓް އޮތޯރިޓީ އާއި އިސްލާމިކް މިނިސްޓްރީ އަދި ނޫރުލް އިސްލާމް ގުޅިގެން އައްޑޫ ސިޓީގައި ވޯކްޝޮފެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަމާ ގުޅޭގޮތުން ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕް އަކީ އިސްލާމިކް ކެޕިޓްލް މާކެޓިން އާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ހިންގާ ވޯކްޝޮޕެއް ކަމަށާއި މި ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9ވަނަ ދުވަހު ސަރަފުއްދީން ސްކޫލްގައި ކަމަށެވެ.
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ވޯކްޝޮފްގެ އިތުރުން މިމަހުގެ 08 ވަނަ ދުވަހުގެ ރޭ 08:45 އިސްލާމިކް ފައިނޭސް އާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ގޮތުން ލެކްޗަރ އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މިލެކްޗަރ ދެއްވުމަށް ހަމަޖެހިފައިވަނީ ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކޮމެޓީގެ ޗެއާޕާސަން އުސްތާޛާ އާއިޝަތު މުނީޒާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...