ރާއްޖޭގެ ޚަބަރު ފޭދޫ ކުއްޖާ ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވާލައި ހައްދުޖެހުން ހުއްޓުމަކަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ފޭދޫ ކުއްޖާ ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވާލައި ހައްދުޖެހުން ހުއްޓުމަކަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ފޭދޫ ކުއްޖާ ޝަރުތެއްނެތި ދޫކޮށްލުމަށް ގޮވާލައި ހައްދުޖެހުން ހުއްޓުމަކަށް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Dhiislam_Media_s87f

ފޭދޫ އަންހެން ކުއްޖާ އެއްވެސް ޝަރުތެއްނެތި ދޫކޮށްލުމަށާއި ހައްދުޖެހުން ހުއްޓުމަކަށް ގެނައުމަށް ގޮވާލައި އެމްނެސްޓީން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އެމްނެސްޓީން އޮންލައިކޮށް ސޮއިކުރުން ކުރިއަށް ގެންދާ މި ޕެޓިޝަންގައި އެ އަންހެން ކުއްޖާ ދޫކޮށްލުމަށް ގޮވާލުމުގެ އިތުރުން، ރާއްޖޭގެ ގާނޫނުތައް އިސްލާހުކޮށް، ހައްދުޖެހުން ހުއްޓުމަކަށް ގެނައުމަށް ވެސް ގޮވާލާފައިވާއިރު އެއަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެފައި ވަނީ އެއަންހެން ކުއްޖާގެ ދޮން ބައްޕަ އެއަންހެން ކުއްޖާ ރޭޕްކުރުމުގެ ކުރިން އެހެންމީހަކާ އެކު ޒިނޭކޮށްފައިވާކަމަށް ޝަރީއަތުގައި އަމިއްލަ އަށް އިއުތިރާފުވެފައި ވާތީއެވެ.

100 އެތިފަހަރުން ހައްދު ޖެހުމާއެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް އަންހެން ކުއްޖާގެ މަށްޗަށް ހުކުމް ކޮށްފައިވާއިރު މި ހުކުމް އިސްތިއުނާފުކުރުމަށް ބާރުއަޅައި، އެކަން ކުރިއަށް ދާނުދާގޮތް ބަލާނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް އެމްނެސްޓީން ވަނީ މަރުހަބާ ކިޔާފައެވެ.

ފަނަރަ އަހަރުގެ ކުއްޖަކަށް ހައްދުގެ ހުކުމް ކުރުމުން ހިތާމަކުރައްވާ ކަމަށާއި އެ ހުކުމް މުރާޖައާކުރުމަށް ސަރުކާރުން ބާރުއަޅުއްވާނެ ކަމަށް ރައީސް މުހައްމަދު ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރައީސް ވަހީދަށް ގިނަފަރާތް ތަކެއްގެ ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.