ރާއްޖޭގެ ޚަބަރު ހޯރަ އިއްބެގެ މައްސަލާގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށްފި

ހޯރަ އިއްބެގެ މައްސަލާގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށްފި

ހޯރަ އިއްބެގެ މައްސަލާގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޑަ ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިނގި ކަމުގެ ތުހުމަތުގައި ގ. މާވަސްގެއިން ހޯރައިއްބެ ހައްޔަރުކޮށްގެން ގެންދަނީ | ދިއިސްލާމް ފައިލް ފޮޓޯ

ކުޑަ ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިނގި ކަމުގެ ތުހުމަތުގައި ގ. މާވަސްގެއިން ހޯރައިއްބެ ހައްޔަރުކޮށްގެން ގެންދަނީ | ދިއިސްލާމް ފައިލް ފޮޓޯ

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ)ގެ މައްސަލާގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އިބްރާހީމް ރަޝީދުގެ މައްޗަށް ދަޢުވާކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ  އިރާކޮޅުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

އިބްރާހިމް ރަޝީދުގެ މައްޗަށް ދަޢުވާ ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކަމަށްވާއިރު އެ ޤާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.