ރާއްޖޭގެ ޚަބަރު މީޑިއާގެ ފަރާތްތަކަށް ސެކިއުރިޓީ ދެވިދާނެ ގޮތްތަކާ ބެހޭ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މީޑިއާގެ ފަރާތްތަކަށް ސެކިއުރިޓީ ދެވިދާނެ ގޮތްތަކާ ބެހޭ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި

މީޑިއާގެ ފަރާތްތަކަށް ސެކިއުރިޓީ ދެވިދާނެ ގޮތްތަކާ ބެހޭ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

 ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް


ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ރާއްޖޭގައި ޚަބަރު ފެތުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި މަރުކަޒުތަކަށް ސެކިއުރިޓީ ދިނުމަށް ސެކިއުރިޓީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކުރާ ގޮތުގައި މިއެސެސްމަންޓަކީ މީޑިއާގެ ފަރާތްތަކަށާއި ތަންތަނަށް ހުރި ނުރައްކާތައް ދެނެގަތުމާއި އެފަރާތްތަކާއި ތަންތަނަށް އަތުވެދާނެ ޙަމަލާއަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު އެއްކޮށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމަށް ހަދާ އެސެސްމަންޓެއް ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މިއެސެސްމަންޓުގައި ޚަބަރުފަތުރާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުރި ނުރައްކަލާއި އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުންވެސް މަޢުލޫމާތު ހޯދައި ދިރާސާތައް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ޙަރަކާތްތެރިވާ މީޑިއާތަކަށާއި އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ ރިޕޯޓެއް އެކުލަވައިލުމަށްފަހު، ޢަމަލުކުރާނެ ގޮތްތަކެއް ފުލުހުންގެ ފަރާތުން ހުށައަޅާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.