މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އަނބުރާ ގެންނަން، އެމްޑީޕީގެ ޤައުމީ މަޖިލިސް އިން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީގެ ނަމުގައި އެސްއެމްއެސް ތަކެއް ފަނުވަމުން އެބަދެއެވެ.
ރައީސް ނަޝީދުގެ ނަން އަނބުރާ ގެންނަން ނިންމި ކަމަށް ބުނެ ދިއިސްލާމްއަށް ލިބިފައިވާ މެސެޖްގައި ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު ކަމުން ރައީސް ނަޝީދުގެ ނަންފުޅު އަނބުރާ ގެނައުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި މިއަދު 10:15ގައި އެކަމާ ގުޅޭ ގޮތުން ބާއްވާ ޕްރެސްއެއް އޮންނާނެ ކަމަށެވެ. މި މެސެޖް ރާއްޖޭގެ އެހެން މީޑިޔާ ތަކަށް ވެސް ލިބިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ، ސީއެންއެމްއަށް އެމްޑީޕީގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި އެމްޑީޕީގެ ނަމުގައި ފޮނުވަމުން ގެންދާ މެސެޖުތައް އެޕާޓީން ދޮގުކުރާކަމަށާއި އިއްޔެއާއި މިއަދުގެ މިހާތަނަށް ވެސް އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައެއް ނުވާކަމަށާއި އަދި މީގެ ކުރިން ވެސް އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ ނަންފުޅު އަނބުރާ ގެންދަން ނިންމި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު ހަބަރު ފަތުރަމުންދާ އިރު ރިޔާސީ އިންތިހާބަށް އެމްޑީޕީންދަނީ މިވަތުވެސް ރައީސް ނަޝީދާ އެކު ކެމްޕޭން ކުރަމުންނެވެ. އެގޮތުން، އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ވަޢުދާ ހިނގުމުގެ ނަމުގައި ދޮރުން ދޮރަށް ކުރީ ރައީސް ނަޝީދާ އެކު މިވަގުވެސް ކެމްޕެއިން ކުރަމުން އެބަ އާދެއެވެ.

















ނަޝީދުގެ ހަމައެކަނި މައްސަލައަކީ ލާދީނީ ވުން، މާތްﷲ އޭނާއަށް ހެޔޮވިސްނުން ދެއްވާށި!
ލާދީނީވުމާއި ގައުމުގެ ބޮޑެތި އެސަޓްތަށް ބޭރުފަރާތްތަކަށް ވިއްކާލާ ގައުމު ބޭރުބައެއްގެ އަޅުވެތިކަމަށް ވައްޓަލަން މަސަތްކަތްކުރުން، އަދި ދައްކާއެއްވާހަކައެއް، ދެފަހަރު ދެގޮތަަށް ދެއްކުން…