ﷲ ސުބުޙާނަހޫ ޥަތަޢާލާގެ ނިޢުމަތުން މަޙުރޫމު ވެއްޖެމީހާާއީ ބޮޑުވެގެންވާ ނިޢުމަތަކުން މަޙުރޫމު ވެއްޖެ މީހެއްކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ޝައިޚް މުޙައްމަދު ސިނާން މިހެން ވިދާޅުވެފައި ވަނީ ޖަމްޢިއްޔަތުއްސަލަފުންގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހަކު އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢު ކުރަމުންގެންދާ "ހަފްތާ ނަޞޭޙަތް" ގެ 28 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚް މުޙައްމަދު ސިނާން އިތުރަށް ވިދާޅުވެފައި ވަނީ ހިދާޔަތުގެ މަތިވެރި ނިޢުމަތަކީ ﷲ ސުބުޙާނަހޫ އިންސާނަކަށް ދެއްވާނެ އެންމެ މަތިވެރިވެގެންވާ ނިޢުމަތްކަމަށާއި އެ ނިޢުމަތް ލިބިއްޖެ މީހާ އެއީ ބޮޑުވެގެންވާ ނިޢުމަތެއް ލިބިއްޖެމީހެއްކަމަށެވެ.
މީގެ އިތުރުން ﷲ ސުބުޙާނަހޫ ޥަތަޢާލާވަނީ އަޅުގަނޑުމެން ދުނިޔެއަށް ޚަލްޤުކުރެއްވުމަށްފަހުގައި އަޅުގަނޑުމެންނަށް އުޅެންވާ ގޮތް ބަޔާންކޮށްދެއްވާފައިކަމަށާއި އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް އެ ބަޔާންކޮށްދެއްވެވި ހިދާޔަތަށް އަޅުގަނޑުމެން އުޅެއްޖެކަމުގައިވާނަމަ ﷲ ސުބުޙާނަހޫ ޥަތަޢާލާ އަޅުގަނޑުމެންނަށްވަނީ މި ދުނިޔޭގެ ޙަޔާތް އަޅުގަނޑުމެންނަށް ބާއްޖަވެރިކޮށްދެއްވައި، އަދި ހަމައެފަދައިން އުޚްރަވީ ޙަޔާތްވެސް އަޅުގަނޑުމެންނަށް ބާއްޖަވެރިކޮށްދެއްވާނެކަމުގެ ޚަބަރު ދެއްވާފައި ކަމަށް ޝައިޚް ސިނާން ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...