ރާއްޖޭގެ ޚަބަރު

ތިން ނޫސްވެރިޔަކަށް އަނިޔާވެ، އެކަކު ސީރިޔަސް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދަށް ހަމަލާދީ ޒަހަމްކޮށްލާފަ - ފޮޓޯ: އަކުރަމް ކަމާލުއްދީން
ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދަށް ހަމަލާދީ ޒަހަމްކޮށްލާފަ - ފޮޓޯ: އަކުރަމް ކަމާލުއްދީން

ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދަށް ހަމަލާދީ ޒަހަމްކޮށްލާފަ - ފޮޓޯ: އަކުރަމް ކަމާލުއްދީން

މާލޭގެ ދެ ސަރަހައްދަނުން ނޫސްވެރިންނަށް ހަމަލާދީ، އެކަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައި ސީރިޔަސް ހާލެއްގައި އޮވެ މިއަދު ހެދުނު ލަންކާ އަށް ގެންގޮސްފިއެވެ. ސީރިޔަސް ހާލެއްގައި އޮވެ ލަންކާ އަށް އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑް)އެވެ.

ކުރީގެ ރައީސް ނަޝީދުގެ ހިމާޔަތުގައި އެމްޑީޕީއިން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭގެ މުޒާހަރާގައި އެންމެ ފުރަތަމަ ނޫސްވެރިންނަށް ހަމަލާ އަމާޒުވީ އެމްޑީޕީން ސޯސަން މަގުގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. އެ ސަރަހައްދުން ތިނަރު އަޅާފައިވާ ޕެކެޓެއް ނޫސްވެރިންގެ ގަޔަށް ޖެހިތަން ދިއިސްލާމްގެ ރިޕޯޓަރަކަށް ވަނީ ފެނިފައެވެ.

ތިނަރު އަޅާފައިވާ ޕެކެޓަކުން ހަމަލާ ދިނުމުން ދެ ނޫސްވެރިއަކަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައިވެ އެވެ. އެ ހަމަލާ އަމާޒުވީ މޯލްޑިވްސް ބްރޯޓްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ދަށުން ހިންގާ ޓީވީއެމްގެ ޑެޕިއުޓީ އެޑިޓަރު އައިޝަތު ލީޒާއި ނޫސްވެރިޔާ އައިމިނަތު ސާނީ އަށެވެ.

ދެ ވަނަ ހަމަލާ އަމާޒުވީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑު) އަށެވެ. އެނާއަށް ހަމަލާދީފައި ވަނީ އާޓްފިޝަލް ބީޗު ސަރަހައްދު ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދަނިކޮށެވެ. އިބްރާހިމް ވަހީދުގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހައި ބޯ ފަޅާލާފައިވާ ކަމަށް ރާއްޖެ ޓީވީގެ ސީއީއޯ އަބްދުﷲ ޔާމިން ވިދާޅުވިއެވެ. އެހަމަލާއާ ގުޅިގެން އޭޑީކޭގައި އޭނާއަށް ފަރުވާިނުމަށް ފަހު ސީރިޔަސް ހާލެއްގައި އޮތުމުން އޭނާ މިއަދު ހެދުނު ލަންކާ އަށް ވަނީ ގެންގޮސްފައެވެ.

ނޫސްވެރިންނަށް މިރޭ ދީފައިވާ ހަމަލާތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ކުށްވެރިކޮށްފަ އެވެ. އެމްޖޭއޭގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިންނަށް ރޭ ދީފައިވާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ނޫސްވެރިންނަށް ހަމަލާދިން ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އަނިޔާ ލިބުނުފަރާތްތަކަށް އަވަސް ޝިފާއަކަށް އަދި އާއިލާތަކަށް ތައުޒިއާކިޔަން…. ހަމަމިނޭވާގައި އެއްވެސް ބަޔަކު ހަގީގަތާ ހިލާފު ދޭތެރެ ޖެހި ބައިބައި ވުން އުފެދޭ ފަދަ ވާހަކަތަށް ހަދާ ނުފަތުރަންނަސޭހަތް ދެން… އަދި ހަގީގަތާ ހިލާ މަސްލަހަތު ގޯސްވާކަހަލް ދޮގު ޚަބަރުތަށް އާއްމުވިޔަނުދީ ހުއްޓުވުމަށް މީޑިއާކައުންސިލުން އަތް އުރާލައިގެން ނުތިބެ އަވަސް އަވަހަށް ހަރަކާތްތެރިވަން ގޮވާލަން…

Your email address will not be published. Required fields are marked *