ރާއްޖޭގެ ޚަބަރު

އިސްލާމިކް މިނިސްޓަރގެ ކާރުގައި ރޯކޮށްލުމާއި ގުޅިގެން ޢަދާލަތުން އެކަން ކުށްވެރި ކޮށްފި

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބޭނުންކުރައްވާ ދައުލަތުގެ ކާރުކޮޅުގައި މިރޭ ބަޔަކު ރޯކޮށްލުމާއި ގުޅިގެން އަދާލަތުން އެކަން ކުށްވެރި ކޮށްފި އެވެ.

މިރޭ ޢަދާލަތު ޕާރޓީއިން ނެރުނު ނޫސްބަޔާންގައި ހާމަކޮށްފައިވަނީ، މިއީ ރާއްޖޭގެ މަސްރަޙު ހަލަބޮލިކޮށް މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ބަޔަކު ރާވައިގެން ހިންގި ޓެރަރިޒަމްގެ ނުބައި ޢަމަލެއް ކަމުގައި ޢަދާލަތުޕާޓީން ދެކޭކަމުގައެވެ. އަދި މިފަދަ އެންމެހައި ޢަމަލުތައް ޢަދާލަތުޕާޓީން ކުށްވެރި ކުރާކަމަށާއި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދައި ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމުގައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން، ޢަދާލަތުޕާޓީގެ އިސްވެރިންނަށް އަމާޒުކޮށް އެކިފަހަރުމަތީން ވަނީ ޙަމަލާ ދީފައި ކަމަށާއި އެމީހުން ނުރުހޭ ފަރާތްތައް ދަންޖެއްސުމަށާއި ޖާނާއި މާލަށް ގެއްލުން ދިނުމަށް ފާޅުގައި ގޮވަމުން ދާކަމަށް ޢަދާލަތުން ނެރުނު ނޫސް ބަޔާނުގައިވެއެވެ. އަދި ކުރީގެ ރައީސް ނަޝީދަށް ތަބާވާ މީހުންނަކީ އަލިފާން ޖެހުމާއި ރޯކުރުމަށް ބީރައްޓެހި ބައެއް ނޫންކަން 8 ފެބްރުއަރީ 2012 ގައި ދިވެހި ރައްޔިތުންވަނީ ތަޖުރިބާ ކޮށްފައިވާކަމަށްވެސް މިބަޔާނުގައި ވެއެވެ.

"ފޭލްވުމުގެ ސަބަބުން ވެރިކަމުން އިސްތިޢުފާ ދެއްވުމަށްފަހު ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން، ޢަދާލަތުޕާޓީގެ އިސްވެރިންނަށް އަމާޒުކޮށް އެކިފަހަރުމަތީން ވަނީ ޙަމަލާ ދީފަ. އަދި އެމީހުން ނުރުހޭ ފަރާތްތައް ދަންޖެއްސުމަށާއި ޖާނާއި މާލަށް ގެއްލުން ދިނުމަށް ފާޅުގައި ދަނީ ގޮވަމުން. މިފަދަ ނާތަހުޒީބު ބޮޑެތި ޖަރީމާތައް ހިންގާ ބައިގަނޑެއްގެ މުގުލުގައި ހުންނެވި މުޙައްމަދު ނަޝީދަކީ ޑިމޮކްރަސީ އާއި އިންސާނީ ޙައްގުތަކުގެ ޗެމްޕިއަނެއް ކަމުގައި ކިތަންމެ ދަޢުވާއެއް ކުރެއްވިޔަސް ޙަޤީޤަތް މިއޮތީ ސާފުކޮށް ފެންނަން. ނަޝީދަށް ތަބާވާ މީހުންނަކީ އަލިފާން ޖެހުމާއި ރޯކުރުމަށް ބީރައްޓެހި ބައެއް ނޫންކަން 8 ފެބްރުއަރީ 2012 ގައި ދިވެހި ރައްޔިތުންވަނީ ތަޖުރިބާ ކޮށްފައި" އިސްލާމިކް މިނިސްޓަރ ގެ ކާރުގައި ރޯކޮށްލުމާއި ގުޅިގެން ޢަދާލަތުން އެކަން ކުށްވެރި ކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

ޢަދާލަތު ޕާރޓީއިން ނެރުނު ނޫސްބަޔާންގައި އިތުރަށް ހާމަކޮށްފައިވަނީ، ދިވެހި ދައުލަތާއި ދެކޮޅު ޙަރަކާތްތައް ހިންގައި، ކޯޓުތަކުގެ ބާރުކަނޑުވާލައި، މާލެ ތެރެ ހަލަބޮލިކޮށް، މާލޭގެ ރައްޔިތުން ރޭގަނޑުގެ ނިދިން މަޙުރޫމް ކުރަމުންގެންދާ ނާތަހުޒީބު ބަޔަކަށް ބޭރުގެ ފަރާތަކުން ވާގިވެރިވަމުންގެންދާ ދިއުމަކީ ދިވެހި ރައްޔިތުން ސަމާލުވުމަށް މިއަދު މަޖުބޫރު ވެފައިވާ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަށް އަލުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަމަޔަށް އާދެވިއްޖެނަމަ ދިވެހި ޤައުމުގެ ދީނާއި އަދި ސިޔާދަތަށް ވެގެން ދާނެގޮތާއިމެދު ޤައުމުދެކެ ލޯބިވާ އެންމެހައި ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭނެ ކަމަށާއި ކުރީގެ ރައީސް ނަޝީދަށް އެފުރުޞަތު ނުދެއްވުމަށް ޢަދާލަތުޕާޓީ އިން ގޮވާލާފައިވެެއެވެ.

"ދިވެހި ދައުލަތާއި ދެކޮޅު ޙަރަކާތްތައް ހިންގައި، ކޯޓުތަކުގެ ބާރުކަނޑުވާލައި، މާލެ ތެރެ ހަލަބޮލިކޮށް، މާލޭގެ ރައްޔިތުން ރޭގަނޑުގެ ނިދިން މަޙުރޫމް ކުރަމުންގެންދާ ނާތަހުޒީބު ބަޔަކަށް ބޭރުގެ ފަރާތަކުން ވާގިވެރިވަމުންގެންދާ ދިއުމަކީ ދިވެހި ރައްޔިތުން ސަމާލުވުމަށް މިއަދު މަޖުބޫރު ވެފައިވާ ކަމެއް. ނަޝީދާއި އޭނާގެ އަޢުވާނުންނަށް އަލުން ދިވެހިރާއްޖޭގެ ވެރިކަމާއި ހަމަޔަށް އާދެވިއްޖެނަމަ ދިވެހި ޤައުމުގެ ދީނާއި އަދި ސިޔާދަތަށް ވެގެން ދާނެގޮތާއިމެދު ޤައުމުދެކެ ލޯބިވާ އެންމެހައި ރައްޔިތުން ފުންކޮށް ވިސްނަވައި ނަޝީދަށް އެފުރުޞަތު ނުދެއްވުމަށް ޢަދާލަތުޕާޓީ އިން ގޮވާލަން" ޢަދާލަތުން ނެރެފައިވާ ނޫސް ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސައީދު ގެ ކާރުކޮޅުގައި މިރޭގެ ވަގުތެއްގައި ވަނީ އަލިފާން ރޯ ކޮށްލާފައެވެ. ޝީ ބިލްޑިންގ ކައިރީ ޕާރކްކޮށްފައި އޮއްވާ ކާރުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ތީވާނީ އެމްޑީޕީގެ ގުންޑާއިންގެ ކަމަކަށް!

Your email address will not be published. Required fields are marked *